މާލޭގައި މިއަދު ވެސް އެކްސިޑެންޓެއް

މާލެ ބޮޑުތަކުރުފާނު މާގުގައި މިއަދުވެސް އެކްސިޑެންޓެއް ވެއްޖެއެވެ. އެކްސިޑެންޓް ވެފައިވަނީ ޓޯޔާޑު ސަރަޙައްދުގައެވެ.

މި އެކްސިޑެންޓް ވެސް ހިނގީ އޯވަރޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ. އެކްސިޑެންވީ ބޮޑުތަކުރުފާނު މަގުން ހުޅަނގުން އިރަށް ދުއްވާފައި ދިޔަކާރެއް އޯވަރޓޭކް ކުރަން އުޅުނު ލޮރީއެއް ކާރުގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވިޔަސް ދެ އުޅަނދަށް ވެސް ކޮންމެ ވެސް ވަރަކަށް ގެއްލުންވި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ލޮރީއާއި ކާރު ދުއްވި ދެމީހުންނަކީ ވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ބަލަމުންނެވެ. މިދުވަސްވަރަކީ މާލޭގައި އެކްސިޑެންޓުތައް ގިނަ ދުވަސްވަރެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.