ބްރިޖުގައި މަޑުކޮށްފައިއޮތް ކާރެއްގައި ޖެހި ފުލުހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބުރިޖުހައިވޭގައި މަޑުކޮށްފައިއޮތް ކާރެއްގައިޖެހިގެން ފުލުހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ މިމައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު ކަމަށެވެ. "އެކްސިޑެންޓު ހިނގަން މެދުވެރިވީ ބްރިޖު ހައިވޭގައި ކާރެއްގެ ފުރޮޅު ފަޅައިގެން ދިޔުމުގެ ސަބަބުން މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮއްވާ މާލޭ ފަޅިން ފަހަތުން އައި ސައިކަލަކުން ކާރުގައި ޖެހިގެން،" ފުލުހުން ވިދާޅުވިއެވެ.

ސައިކަލް ޑްރައިވަރާއި ކާރު ޑްރައިވަރަކީ ވެސް ލައިންސަން އޮންނަ ދެމީހުންނެވެ. ސައިކަލް ދުއްވަން އިނީ 23 އަހަރުގެ ފުލުހެއް ކަމަށާއި އެކްސިޑެންޓުގައި އޭނާގެ ބޯ ވަނީ ފަޅައިގެން ގޮސްފައިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭނާގެ ނޭފަތުން ވެސް ލޭއައިސްފައިވާ ކަމަށާއި ދަތްދޮޅިންވެސް ތަންކޮޅެއް މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާއަށް ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.