އާފަތިސް ބަދިގެ: ޗިކެން ސްޓިއު

ބޭނުންވާނެ ބާވަތްތައް:

8 ޗިކެން ތައި

2 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

2 ކެރެޓު، ކޮށާފައި

1 ފިޔާ

2 ތަނޑި ސެލެރީ

5 މޭޒުމަތީ ސަމުސާ ފުށް

½ ސައިސަމުސާ ރޯޒްމޭރީ

½ ސައިސަމުސާ ތައިމް

¼ ސައިސަމުސާ ސޭޖް

ލޮނު، އަދި އަސޭމިރުސް

1 ½ ޖޯޑު ކައްޓަލަ، ކޮށާފައި

1 ½ ޖޯޑު އަލުވި، ކޮށާފައި

½ ރެޑް ޕެޕަރ

¼ ޖޯޑު ވިނެގަރ

4 ޖޯޑު ކުކުޅު ސުރުވާ

1 ޖޯޑު ގްރީން ބީންސް

½ ޖޯޑު ހެވީ ކްރީމް

ތައްޔާާރުކުރާނެ ގޮތް:

ބޮޑު ތެއްޔެއް އުނދުން މައްޗަށް އުދައި މޭޒުމަތީ ސަމުސަލެއްގެ ތެޔޮ ހޫނުކުރާށެވެ. ދެން ތެޔޮފޮދުގެ ތެރޭގައި ކުކުޅު ކުޑަކޮށް ރޯ ފިލުވައިލާށެވެ. ދެން ތަށްޓަކަށް ހުސްކުރާށެވެ.

ބާކީ ހުރި ތެޔޮ ސަމުސާ ތެއްޔަށް އަޅައި ފިޔައާއި، ކެރެޓު އަދި ސެލެރީ ކައްކާށެވެ. 3 މިނެޓު ވަރު ކެއްކުމަށްފަހު 3 ސަމުސާ ފުށް އެއްކުރާށެވެ. އަދި ލޮނާއި އަސޭމިރުސް އަޅާށެވެ. ހޫނުމިން މެދުމިނުގައި ބަހައްޓައިގެން 2 މިނެޓެއްވަރު ކައްކާށެވެ.

ދެން އަލުވި، ކައްޓަލަ، ރެޑް ޕެޕަރ، ވިނެގަރ، ކުކުޅު އަދި ކުކުޅު ސުރުވާ އަޅައިގެން ކައްކާށެވެ. އަދި ގިނި މަޑުކުރުމަށްފަހު ތެލީގެ މަތި ބަންދުކޮށް 30 މިނިޓް ކައްކާށެވެ.

ތެލީގެ މަތި ނެގުމަށްފަހު ގްރީން ބީންސް އާއި ކްރީމް އަޅާށެވެ. އަދި އިތުރު ދިހަ މިނެޓު ކައްކާށެވެ.

އިތުރަށް އޮލަކުރަން ބޭނުންވާ ނަމަ ބާކީ ހުރި ފުށްކޮޅަށް ފެން ޖޯޑެއް އަޅައި ރަނގަޅަށް ގިރައިލުމަށް ފަހު ފަހަރަކު ސަމުސަލެއް ތެއްޔަށް އަޅައި އޮލަމިން ހެޔޮވަރު ކުރާށެވެ.

މިއީ ރޯދަ ވީއްލާ ގަޑިއަށް ރަނގަޅު ކެއުމެކެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.