އާފަތިސް ރޯދަ ބަދިގެ: ގުލާބު ޖާމުން

ފޮޓޯ: ގޫގުލް އިން

ބޭނުންވާނެ ތަކެތި:

މޭޒުމަތީ ސަމުސަލުގެ 8 ސަމުސާ ހިކި ކިރު

މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ ސެލްފް ރެއިޒިން ފުށް

ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ބައިކާބަނޭޓް ސޮޑާ

ސައިސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ކާފޫރު ތޮޅި (މުގުރާފައި)

މޭޒުމަތީ ސަމުސަލުގެ އެއް ސަމުސާ ބަޓަރު ނުވަތަ ގިތެޔޮ

މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ ގިތެޔޮ ނުވަތަ ތެޔޮ، ތެލުލުމަށް

ސިރަޕަށް ބޭނުންވާނެ ތަކެތި:

2 ޖޯޑު ހަކުރު

4 ޖޯޑު ފެން

5 ކާފޫރު ތޮޅިގެ ތޮށި

މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ ފިނިފެން (ރޯޒް ޥޯޓަރ)، ނުވަތަ ރޯޒް އެސެންސް ފޮދެއް

ތައްޔާރު ކުރާނެ ގޮތް:

  1. ކިރު، ފުށް، ބައިކާބަނޭޓް ސޮޑާ، އަދި ކާފޫރު ތޮޅި ޕައުޑަރު ބޯތަށްޓަކަށް ފުރާނާށެވެ. އޭގެ ތެރެއަށް ބަޓަރު ނުވަތަ ގިތެޔޮ އަދި ފެން އަޅައިގެން ގުޅަ ވެށޭ ވަރަށް އެއްކުރާށެވެ.
  2. ގިތެޔޮ ނުވަތަ ތެޔޮ ފޮދު ހޫނުކޮށްފައި އާމަންޑް ކުލަ އަރާވަރަށް ތެލުލާށެވެ. ތެލުލާންވާނީ މަޑު ގިނީގައެވެ.
  3. ސިރަޕް ތައްޔާރު ކުރުމަށްޓަކައި ހަކުރާއި ފެން އަދި ކާފޫރުތޮޅީގެ ތޮށި ކޮޅު އަޅައިގެން ހަކުރު ވިރެންދެން ހޫނުކުރާށެވެ.
  4. ތެލުލާފައި ހުރި ގުލާބު ޖާމުން ސިރަޕްގެ ތެރެއަށް އަޅއި ދެގުނައަށް ފޯވަންދެން ބަހައްޓާށެވެ. ކުޑަކޮށް ހިހޫ ވުމުން ފިނިފެން ފޮދު ސިރަޕްގެ ތެރެއަށް އަޅާށެވެ.
  5. އެއްކޮށް ހިހޫ ވުމުން ކާން ނަގާށެވެ.

މި ރެސިޕީ އިން 20 ގުލާބު ޖާމުން ތައްޔރު ކުރެވޭނެއެވެ.

ރެސިޕީ ނަގާފައިވަނީ "ދަ ކޮމްޕްލީޓް އޭޝިއަން ކުކްބުކް" އިންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.