އާފަތިސް ބަދިގެ: މާބްލް ބްރައުނީ

ބޭނުންވާނެ ބާވަތްތައް:

125 ގުރާމު ބަޓަރު

125 ގުރާމު ކެޑްބަރީ ބޭކިން ޗޮކްލެޓު، ކޮށާފައި

1 ޖޯޑު ބްރައުން ޝުގަރ

3 ކުކުޅު ބިސް

1/3 ޖޯޑު ފުށް

1/3 ޖޯޑު ކޮކޯ

¼ ބޭކިން ޕައުޑަރު

250 ގުރާމު ކްރީމް ޗީޒް

¼ ޖޯޑު ހަކުރު

1 ބިސްް (އިތުރު)

ކޮކޯ، ޑަސްޓު ކުރުމަށް

ތައްޔާރު ކުރާނެ ގޮތް:

އުނދުން މައްޗަށް ތަވައެއް އުދައި ހޫނު މިން މެދުމިނުގައި ބަހައްޓައިގެން ބަޓަރާއި ޗޮކްލެޓާއި ބްރައުން ޝުގަރ ވިރުވައި، އެއްކުރާށެވެ. އުނދުން މަތިން ބޭލުމަށްފަހު ކުޑަކޮށް ހިހޫ ކުރުމަށްފަހު ފަހަރަކު ބިހެއް އެއްކުރަމުން ގޮސް ތިން ބިސް އެއްކުރާށެވެ. ދެން ފުށާއި ކޮކޯ އަދި ބޭކިން ޕައުޑަރު އަޅާށެވެ. ރަނގަޅަށް ކޭކު ފުށްގަނޑު ތައްޔާރު ކުރެވުމުން 28 ސެންޓިމީޓަރު، 18 ސެންޓީމީޓަރު ޓްރޭއަކަށް އޮއްސާލާށެވެ.

ދެން ކްރީމް ޗީޒާއި ހަކުރާއި ބިސް ގިރައި ކްރީމް ތައްޔާރުކުރާށެވެ. ޗޮކްލެޓު މިކްސްޗަރު ނުވަތަ ކޭކު ފުށްގަނޑުގެ މައްޗަށް ސަމުސަލަކުން އަޅާށެވެ. އަދި ވަޅިއެއްގެ ކޮޅުން ނުވަތަ އެކަހަލަ ތޫނި ހަމަ އެއްޗަކުން ކްރީމް ކޭކް މިކްސްގެ ތެރެއަށް ދާ ގޮތަށް އެކި ދިމަދިމާއަށް ވަޅީ ހިންގަލާށެވެ.

ދެން 180 ޑިގްްރީއަށް އަވަން ހޫނުކޮށް 45 މިނެޓު ނުވަތަ 50 މިނެޓު ފިހެލާށެވެ. ފިހެވުމުން ވަޔަރ ރެކެއް ނުވަތަ ނަރުގަނޑެއްގައ މަތީގައި ހިހޫ ކުރަަން ބަހައްޓާށެވެ. ހިހޫ ވުމުން މައްޗަށް ކޮކޯ ކުނޑިކޮޅެއް ފުރޭނުމަށް ފަހު ފޮތިކޮށް ކާން ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.