ޕްރޫން ސޯސް އަށް ބޭނުންވާނެ ބާވަތްތައް:
200 ގުރާމު ޕްރޫންސް
400 މިލިލީޓަރު އާފަލު ޖޫން
6 މޭޒުމަތީ ސަމުސާ ހަކުރު
ވެނީލާ ސުފްލޭ އަށް ބޭނުންވާނެ ބާވަތްތައް:
2 މޭޒުމަތީ ސަމުސާ ބަޓަރު
100 ގުރާމު ހަކުރު، އަދި ތަށިތަކަށް ބުރުވައިލުމަށް 6 މޭޒުމަތީ ސަމުސާ ހަކުރު
1 ސައިސަމުސާ ވެނީލާ އެސެންސް
700 މިލިލީޓަރު ކިރު
6 ބިސް، ގޮބޮޅި ވަކިކޮށްފައި
60 ގުރާމު ފުށް
2 މޭޒުމަތީ ސަމުސާ އައިސިން ހަކުރު
ތައްޔާރުކުރާނެ ގޮތް:
200 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނުކުރާށެވެ.
ޕްރޫން ސޯސް ތައްޔާރުކުރުމަށް، އާފަލު ޖޫހާއި ޕްރޫން އުނދުން މައްޗަށް އުދައި، ޕްްރޫން ވިރި، ސިރަޕަކަށް ވަންދެން ކައްކާށެވެ. ދެން ސާފު ތަށްޓަކަށް ނުވަތަ ތެއްޔަކަށް ފުރާނާލާށެވެ.
ވެނީލާ ސުފްލޭ ތައްޔާރުކުރުމަށް 9 ސެންޓިމީޓަރު ފުޅާ، 6 ސެންޓީމީޓަރު ފުން 6 ތަށި، ނުވަތަ ޖޯޑުގައި ބަޓަރު ހޭކުމަށްފަހު ފިނިކުރުމަށް އައިސް އަލަމާރީގައި 5 މިނެޓު ވަންދެން ބަހައްޓާށެވެ. ފަސް މިނެޓު ފަހުން ފްރިޖުން ނަގައި ތަށިތަކަށް ވާ ވަރަށް ހަކުރު ބަހައިލުމަށްފަހު ތަށީގެ އެތެރޭގައި ހަކުރުގެ ފަށަލައެއް ލުމަށްފަހު ބަހައްޓާށެވެ.
ދެން މަޑުގިނީގައި ކިރު ހޫނުކުރާށެވެ. ހޫނުކުރާއިރު ވެނީލާ އެސެންސް އަޅާށެވެ. އަދި އުނދުންމަތިން ބޭލުމަށްފަހު 600 މިލިލީޓަރު ކިރު ނަގާށެވެ.
ބޯތަށްޓެއްގައި ބިހުގެ ގޮބޮޅި އާއި ފުށާއި ލޮނު އަދި ބާކީ ހުރި 100 ގުރާމު ހަކުރު އެއްކުރާށެވެ. ހަކުރު ވިރި، ކްރީމަށް ވަންދެން ގިރާށެވެ.
ދެން 600 މިލިލީޓަރު ކިރު މަޑުމަޑުން އޭގެ ތެރެއަށް އެއްކުރަމުން ގިރަމުން ދާށެވެ. ރަނގަޅަށް ގިރުމުން އުނދުން މައްޗަށް އުދައި ކައްކާށެވެ. ދެ މިނެޓުވަރު ކެއްކުމަށްފަހު ހިހޫ ކުރާށެވެ.
ބިހުގެ ހުދުބައި އިލެކްޓްރިކް މިކްސަރަކުން ގިރާށެވެ. ރަނގަޅަށް ފޮނަށްވުމުން ދެ ސަމުސާ ސުފްލޭއަށް އެއްކުރާށެވެ. ރަނގަޅަށް އެކުވުމުން ބާކީ ބައި ވެސް ހަމައެގޮތަށް އެއްކުރާށެވެ.
ދެން ފުށްގަނޑު ތަށިތަކަށް އަޅައި ސަމުސަލަކުން މަތި ހަމަކޮށްލާށެވެ.
ޓްރޭއެއްގައި ތަށިތައް އެތުރުމަށްފަހު 20 ނުވަތަ 25 މިނެޓު ވަންދެން ފިހެލާށެވެ. ފިހެވުމުން ކުޑަކޮށް ހިހޫ ކުރުމަށްފަހު މައްޗަށް އައިސިން ކޮޅެއް ބުރުވައިލާށެވެ.
ކާން ނަގާއިރު ސޯސްއާއެކު ނަގާށެވެ.