އާފަތިސް ރޯދަ ބަދިގެ: ޗިކެން ކީވް

ބޭނުންވާނެ ބާވަތްތައް: 

6 ޗިކެން ބްރެސްޓް

4 މޭޒުމަތީ ސަމުސާ ބަޓަރު

3 މޭޒުމަތީ ސަމުސާ ޕާސްލޭ

2 މޭޒުމަތީ ސަމުސާ ފިޔާ

1 ލޮނުމެދު

1 ސައިސަމުސާ ލުނބޯ ތޮށި

½ ޖޯޑު ފުށް

2 ބިސް

1 ½ ޖޯޑު ޕާން ކުނޑި

ލޮނު/އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ 350 ޑިގްރީއަށް އަވަން ހޫނުކުރަން ޖައްސާށެވެ. ދެން ބޭކިންޝީޓެއްގެ މަތީގައި އަވަންގެ ނަރުގަނޑު ބާއްވާށެވެ.

ބަޓަރު ހަތަރު ބައިކޮށްފައި އައިސްއަލަމާރީގައި ބަހައްޓާށެވެ.

ބޯތަށްޓެއްގައި ޕާސްލޭއާއި ފިޔައާއި ލޮނުމެދާއި ލުނބޯތޮށި އެއްކުރާށެވެ.

އެހެން ބޯތަށްޓަކަށް ބިސް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އަދި އޭގެ ތެރެއަށް ރަހަލާ ވަރަށް ލޮނާއި އަސޭމިރުސް އެއްކުރާށެވެ.

ދެން ބަތް ކާ ތަށްޓަކަށް ފުށްކޮޅަކާއި ޕާންކުނޑި ބުރުވައިލާށެވެ.

ދެން އުނދުން މައްޗަށް ތެއްޔެއް އުދައި، ތެޔޮފޮދު ހޫނު ކުރާށެވެ.

ކުކުޅު ހުންނާންވާނީ ތުނިކޮށްފައެވެ. ކަޓިން ބޯޑެއްގެ މަތީގައި ކުކުޅުގަނޑު ބާއްވާފައި ރޮށި ދަމާ އެއްޗަކުން މަޑުމަޑުން މަސްގަނޑޫ ތުނިކުރެވިދާނެއެވެ. ދެން ބަޓަރާއި ލޮނު އަދި އަސޭމިރުސް ކޮޅަކުން ސީޒަން ކުރާށެވެ. އަދި ހާބްސްކޮޅެއްވެސް އެއްކޮށްލާށެވެ. އެއަށްފަހު ބާރަށް ރަނގަޅަށް އޮޅާލާށެވެ. އޮޅާއިރު ހާބްސް ކޮޅު ފައިބައިގެން ނުދާގޮތަށް އަރިމަތި އެތެރެއަށް ފަށްޖަހާށެވެ. އޮޅާ ނިމުމުން ޓޫތުޕިކެއް ޖަހާލާށެވެ. ފަހަރަކު ކުކުޅު ގަނޑެއް މިގޮތަށް ހެދުމަށްފަހު ގިރާފައި ހުރި ބިސް ހޭކުމަށްފަހު ޕާންކުނޑި އުނގުޅާށެވެ.

ދެން ތެލުލާށެވެ. ތެލުން ނަގައި ނަރުގަނޑު މަތީގައި އަތުރާފައި 20 ނުވަތަ 25 ވަރަކަށް މިނެޓަށް އަވަނުގައި ފިހޭށެވެ. ކާން ނަގަންވާނީ ޓޫތުޕިކް ނެއްޓުމަށްފަހު އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.