އާފަތިސް ބަދިގެ: ފްރޯޒަން ބްލޫބެރީ ލެމަނޭޑް

ބޭނުންވާނެ ބާވަތްތައް:

1 ޖޯޑު ހަކުރު

1 ޖޯޑު ލުނބޯ ހުތް (6 ލުނބޯ)

1 ½ ޖޯޑު ފްރޯޒަން ބްލޫބެރީސް

6 ޖޯޑު ފެން

ތައްޔާރު ކުރާނެ ގޮތް:

އުނދުން މައްޗަށް ތެއްްޔެއް އުދައި، މަޑު ގިނީގައި ބަހައްޓައިގެން ތެލީގައި ހަކުރު ޖޯޑު 6 ޖޯޑު ފެނަށް އެއްކުރާށެވެ. ހަކުރު ރަނގަޅަށް ވިރިގެން ދިޔައިމަ އުނދުން މަތީން ބޭލުމަށް ފަހު ސިރަޕް ރަނގަޅަށް ހިހޫ ވުމުން ސިރަޕްގެ ތެރެއަށް ލުނބޯ ހުތް އަޅައި ގިރާލާށެވެ.

އައިސްކިއުބް 2 ޓްރޭ އަށް ބްލޫ ބެރީ އެޅުމަށްފަހު ޓްރޭތަކުގެ ތެރެއަށް ލެމަނޭޑް އަޅާށެވެ. އަދި 4 ގަޑި އިރުވަންދެން ގަނޑޫ ކުރާ ބަައިގައި ބަހައްޓާށެވެ. ދެން ބާކީ ހުރި ލެމަނޭޑް ވެސް ފިނި ކުރާށެވެ.

ގަނޑުވުމުން ބްލޫބެރީ ލެމަނޭޑް އައިސްކިއުބްތައް ޓްރޭ އިން ނެގުމަށްފަހު ފިނިކުރަން އައިސް އަލަމާރީގައި ބެހެއްޓި ލެމަނޭޑް އާއެކު ބްލެންޑަރަށް އަޅާށެވެ. ރަނގަޅަށް ބްލެންޑް ވުމުން ތަށިތަށްޓަށް އަޅައި ވަގުތުން ސާވް ކުރާށެވެ. 4 ތަށި ނުވަތަ 6 ތަށީގެ ބްލޫބެރީ ލެމަނޭޑް ތައްޔާރު ކުރެވޭނެއެވެ.

މިއީ ހޫނު ގަދަ ދުވަސްވަރު ކަރު ހިއްކުން ފިލުވައިލުމަށް ވަރަށް ރަނގަޅު ބުއިމެކެވެ. ބްލޫބެރީ ނުވަތަ އެހެން ކޮންމެ މޭވާ އެެއް ބޭނުންކޮށްގެން ވެސް މި ބުއިން ތައްޔާރު ކުރެވިދާނެއެވެ. މިއީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރަށް ވުމުން އައިސް އަލަމާރީގައި އަބަދުވެސް ބްލޫބެރީ، ކަރާ، އަލަނާސި ނުވަތަ އެހެން މޭވާއެއްގެ އައިސްކިއުބް ދުރާލާ ތައްޔާރުކޮށްފައި ބެހެއްޓިދާނެއެވެ. އޮފީހުން ނުވަތަ ގެއިން ބޭރުގައި އުޅެފައި ގެއަށް އައިސް 10ވަރަކަށް މިނިޓް ތެރޭގައި މި ބުއިން ތައްޔާރު ކުރެވިދާނެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.