ސައިކަލެއް ކާރެއްގައި ޖެހި 116 ފޫޓުދުރަށް ކަހާލައިގެން ގޮސް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގީ ހުޅުމާލެއިން މާލެއަށް ދުއްވާފައިދިޔަ ސައިކަލެއް އޮވަރޓޭކު ކުރުމަށް ކާރު ދުއްވާ ލޭނަށް އެރިވަގުތު އެލޭނުން ދުއްވާފައިދިޔަ ކާރެއްގައި ޖެހިގެން ކަމަށެވެ. އެ ކާރުގައި ޖެހި އެސައިކަލް 116 ފޫޓަށް ކަހާލައިގެން ގޮސް ސައިކަލް ލޭނުން ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހި ތިންމީހުންނަށް ވަނީ އަނިޔާވެފައެވެ.
އަނިޔާވެފައިވާ ތިން މީހުންނަކީ ކަހާލި ސައިކަލް ދުއްވަންއިން 20 އަހަރުގެ މީހާއަށާއި އެ ސައިކަލުން ޖެހުނު ސައިކަލުގައި ތިބި ދެމީހަކަށެވެ. ކަހާލި ސައިކަލް ދުއްވަން އިން 20 އަހަރުގެ މީހާއަތުގައި ލައިންސަންސް ނޯވެއެވެ. އޭނާ ދުއްވި ސައިކަލް މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި އެކްސިޑެންޓުގައި އޭނާގެ ގައިގެ އެކިތަންތަނުން މަށައިގެން ގޮސް އެކިވަރުގެ ހާނިކަވަނީ ވެފައެވެ. މިހާރު ގެންދަނީ އޭނާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އެ ސައިކަލުން ޖެހުނު ސައިކަލުގައި ތިބި މީހުންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާ ވެފައެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.
ސަކަލުން ޖެހުނު ކާރަށް ގެއްލުމެއް ވެފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.