ރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި

ރޭ ދަންވަރު މާލޭގައި ހިނގި ކާރު އެކްސިޑެންޓަކާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ހިނގީ ސިނަމާލެ ބްރިޖުން ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ކޮންޓްރޯލް ނުވެގޮސް އަމީނީ މަގުގައި ހުންނަ މެރިން ރިސާޗު ސެންޓަރު ހިންގާ ޢިމާރާތުގެ ފާރުގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި ކާރު ދުއްވަންއިން 34 އަހަރުގެ ފިރިހެން މީހާއަށް އަނިޔާވެ އޭނާއަށް ވަނީ ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފައެވެ. ބޭރު ފުށުން އެއްވެސް އަނިޔާއެއް އޭނާއަށް ލިބިފައިވާ ކަމެއް އެނގެން ނެތް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓުވީ އެހެން ޒޯނެއްގެ ކާރެކެވެ. ފުލުހުން ވަނީ ޑްރައިވަރުގެ ލައިންސަންސް ހިފަހައްޓައިފައެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ. މި އެކްސިޑެންޓުގައި ކާރަށް ވަނީ ވަރަށްބޮޑެތި ގެއްލުން ވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.