ތިނަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ބޯފަޅައިގެން ހިނގައްޖެއެވެ.

ފުލުހުން ވިދަޅުވީ މި އެކްސޑެންޓު ހިނގާފައިވަނީ އެރަށު އަބޫބަކުރު ސްކޫލް ކުރިމަތިން ދެ ސައިކަލު ޖެހިގެން ކަމަށެވެ.

މިރޭ 7:18 އެހައިކަންހާއިރު ހިނގި މިއެކްސިޑެންޓުގައި އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަނެއް މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް އޭނާގެ އުނަގަނޑާއި ކަނާތު ފައިގައި ރިއްސާ ކަމަށް ވަނީ ބުނެފައެވެ.

އެކްސިޑެންޓަށްފަހު ފަރުވާ ދިނުމަށް ދެ މީހުން ވެސް ވަނީ ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ދެ މީހުންގެ އަތުގައި ވެސް ލައިސަންސް އޮންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.