މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ވައްޓާލުމަށްފަހު ފިލައިފި

އައްޑޫ ސިޓީ ލިންކު ރޯޑުގައި ފުލުހުން ހަރަކާތްތެރިވަނީ

މާލޭ ފުރުޤާން މިސްކިތް ކައިރީގައި އޮތް ކަފިހި ހުރަހެއް ހުރަސްކޮށް އެ މިސްކިތަށް ދާން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި އެމީހާ ވައްޓާލުމަށްފަހު ސައިކަލު ދުއްވި މީހާ ސައިކަލުގައި ފިލައިފިއެވެ.

މިރޭ އިރާކޮޅު ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ 56 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ވިދާޅުވީ ސައިކަލުން ޖައްސައި އެމީހާ ވައްޓާލުމުން ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. މިހާރު އޭނާ ވަނީ ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުންވަނީ ސީސީޓީވީ ފުޓޭޖު ބަލައިގެން އެމީހާ ދުއްވި ސައިކަލް ހޯދުމަށްފަހު ޓޯ ކޮށްފައެވެ. އަދި ސައިކަލް ދުއްވި މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.