ދެއަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ޕިކަޕަކުން ޖެހި އަނިޔާވެއްޖެ

ދެއަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ޕިކަޕަކުން ކެޖެހި އަނިޔާ ވެއްޖެއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ހިނގި މިއެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

އާސަންދަ ކޮމްޕެނީން ހިންގާ އެ ހޮސްޕިޓަލުގެ މީޑިއާ އޮފިސަރު ވިދާޅުވެފައިވަނީ އެ ހާދިސާގައި ކުއްޖާއަށް ލިބިފައިވަނީ ކުދިކުދި އަނިޔާތައް ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ  ހުޅުމާލެ ހިތިގަސް މަގުގެ 6 ނަންބަރު ގޯޅިތެރެއިން ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:15 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ. "އިތުރު މައުލޫމާތު ހޯދަމުން މައްސަލަ ބަލަމުން މިދަނީ،" ފުލުހުން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ޖެހިފައިވަނީ ވެމްކޯގެ ޕިކަޕެއްގައެވެ. އެކަމުގައި އިހުމާލުވާ ފަރާތެއް ވެސް އަދި ކަށަވަރު ވެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.