ގދ. ފަޅުރަށަކުން ޑްރަގު ފެނުނު މައްސަލާގައި ހިމެނޭ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ގދ. ގެ ފަޅުރަށެއްގައި ވަޅުލާފައިހުރި މަސްތުވާތަކެތި: ފޮޓޯ ޕޮލިސް

ރާއްޖެއަށް 150 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލާހައި ބަންދުކޮށްފައިވާ 5 މީހުންގެ ތެރެއިން އެކެއްގެ ބަންދަށް 10 ދުވަސް އިތުރުކޮށް އަނެއް 4 މީހުންގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެއިތިއްބުނަށް ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުން ރޭ އަމުރުކުރައްވައިފިއެވެ.

"މިމައްސާލަގައި ބަންދުކުރި ފަސް މީހުންގެ ތެރެއިން އެކަކުގެ ބަންދަށް ދިހަ ދުވަސް އިތުރުކޮށްދީ އަނެއް 4 މީހުންގެ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ގދ. ގައްދޫ މެޖިސްޓްރޭޓު ކޯޓުން ރޭ ވަނީ އަމުރު ކޮށްފައި،" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިއީ ރާއްޖެއިން ބޭރުން އެތެރެކޮށްފައިވާ އެއްޗެއް ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ރާއްޖެ އަށް ޓްރެފިކް ކުރި އެ މަސްތުވާތަކެތި ފަޅުރަށަށްގެނެސްފައިވަނީ ލޯންޗެއްގައެވެ.

އެތަކެތު އަތުލައިގަންނަން ފުލުހުންވަނީ ގދ. އަތޮޅުގެ ކަނޑާއި ފަޅުރަށްރަށުގައި 72 ގަޑިއިރުގެ އޮޕަރޭޝަނެއް މެދުނުކެނޑި ހިންގައިފައެވެ. ފުލުހުންގެ މި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ލަފާ ކުރައްވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.