ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާ އެކު 5 މީހަކު ބަންދު ކޮށްފި

ގިނަ ޢަދާދެއްގެ މަސްތުވާތަކެއްޗާއެކު މައްޗަންގޮޅީ ގެއަކުން 5 މީހަކު ބަންދުކޮށްފިއެވެ. ފުލުހުން ވިދާޅުވީ ބަންދުކުރި މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހިންނާއި އިންޑިއާ މީހަކާއި އަދި ބަނގްލަދޭޝް މީހެއް ކަމަށެވެ.

ފުލުހުން އެތަކެތި ހޯދައިފައިވަނީ ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ޕިކަޕަކަށްލައިގެން މައްޗަންގޮޅީ ގެއަކަށް ގެންދާ ކަމަށް މިމަހުން 27 ވަނަ ދުވަހު ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން އެގެއަށްގޮސް ބެލުމުގެ ތެރޭގައެވެ. އެތަކެތި ފެނިފައިވަނީ އެގޭ ގްރައުންޑު ފުލޯއންނެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ދިޔުމުން ކޯޓުން ވަނީ ކޮންމެ މީހަކަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.

އެގެއިން ވަނީ މަސްތުވާތަކެތިހުރި 9 ރަބަރު ގަނޑުފެނިފައެވެ. އޭގެ ވަގުތީ ބަރުދަނުގައި 2400 ގްރާމްހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ އިތުރަށް ފިލްމު ހުސްކުރި ދަޅަކާއި 17 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.