ހުޅުމާލެ ކައިރީގައި އޮތް ބޯޓަކުން 100 ކިލޯގެ ޑްރަގް އަތުލައިގެންފި

ފޮޓޯ: މޯލްޑިްވްސް ޕޮލިސް ސަރވިސަސް

ހުޅުމާލެ ކައިރީގައި އޮތް ބޯޓަކުން 100 ކިލޯ ގެ މަސްތުވަތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި މި ބޯޓުން އަތުލައިގެންފައިވަނީ ހެރޮއިންއާއި މެތަމްފިޓަމައިން އެވެ. މި އޮޕަރޭޝާން ހިންގާފައިވަނީ ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސްގެ އެހީތެރިކަމާއެކު ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު، ޑި.އީ.ޑީ އިންކަމަށްވެސް ކޮމިޝނަރ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ޓްރެފިކް ކުރުމުގެ ސަބަބުން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންކުރާ ނޭދެވޭ އަސަރު ބޮޑުކަން ވެސް ކޮމިޝަނަރގެ ޓުވީޓުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޑްރަގް ޓްރެފިކްކުރުން ހުއްޓުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށްވެސް ކޮމިޝަނަރ ޙަމީދް ވިދާޅުވިއެވެ.

މީގެ ހަފްތާހެއް ހައި ދުވަސްކުރިން އައްޑު އަތޮޅު ހިތަދޫ އިން ވެސް ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އަތުލައިގެންފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.