ބަނގްލަދޭޝް މީހާގެ ޙާލު ސީރިއަސް: އައިޖީއެމްއެޗު

އައިޖީއެމް ހޮސްޕިޓަލް

ރޭ ސަލްސާ ރޯޔަލްކައިރީގައި ބަނގްލަދޭޝްގެ ދެމީހެއްގެ މެދުގައި ހިނގި މަރާމާރީއެއްގައި ޒަޚަމްވި މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން ވިދާޅުވެއްޖެއެވެ.

މާރާމާރީގައި ތޫނު އެއްޗަކުން ޙަމަލާދީފައިވަނީ އެމީހާގެ މޭގެ ކަނާތްފަރާތަށެވެ. "އޭނާގެ ޙާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވިދާޅުވަނީ. އަދި ވެސް އޭނާއަށް ފަރުދެމުން ގެންދަނީ. ބޮޑު ޒަޚަމެއްވީމާ ޙާލު ރަނގަޅުވާން ދުވަސްކޮޅެއް ނަގާފާނެ ކަމަށް ޑޮކްޓަރުން ލަފާ ކުރައްވަނީ،" އައިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު މުފީދު ވިދާޅުވިއެވެ.

އައިޖީއެމްޗުގައި ފަރުވާ ދެމުން ގެންދަނީ 25 އަހަރުގެ މީހަކަށެވެ. މާރާމާރީގައި އިތުރު މީހަކަށް ކޮންމެވެސް ވަރަކަށް އަނިޔާވި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އެޑުމިޓް ކޮށްގެން ފަރުވާދީފައެއް ނުވެއެވެ. އެއީ 23 އަހަރުގެ މީހެކެވެ.

ފަންސަވީސް އަހަރުގެ މީހާއަށް ޙަމަލާ ދިނުމަށްފަހު ފިލަން ދުވި ބަނގަލަދޭޝްގެ މީހަކު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ. އެމީހާ ބަންދުކުރީ "ޙަމަލާ ދިނުމަށްފަހު ދުވެފައިދާތަން ފުލުހުންނަށް ފެނިގެން ފަހަތުން ދުވެފައި ގޮސް އޭއެމްޑީސީ ކައިރިން،" ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޙަމަލާ ދިން ސަބަބެއް ވެސް އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ގެންދަނީ މައްސަލަ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.