އެޗުއާރުއެޗުގައި ފަރުވާ ދެމުންދާ އިންޑިއާ މީހާ މާލެ ގެންދަނީ

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުން ބައިސްކަލުގައި ދަނިކޮށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލައިފައިވާ އިންޑިއާ މީހާއަށް އިތުރު ފަރުވާދިނުމަށް މާލެ ފޮނުވުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ނިންމައިފިއެވެ.

އޭނާއަށް އިތުރުފަރުވާ ދިނުމަށް މާލެ ގެންދަނީ އިންޑިއާއިން ސ. ގަމުގައި އޮޕަރޭޓް ކުރަމުން ގެންދާ ހެލިކޮޕްޓަރުގައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ ޢުމުރުން 46 އަހަރުގެ އެމީހާ ގޮވައިގެން މާލެދާ ހެލިކޮޕްޓަރަށް މާލެ ދެވޭނީ ހެނދުނު 9:00 ގައި ކަމަށެވެ. ހެލިކޮޕްޓަރު ތިރި ކުރުމަށް ހަމަޖެހިފައިވަނީ އުސްފަސްގަނޑު ހެލިޕޭޑަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ އެޗުއާރުއެޗުގެ އައީސީޔޫގައެވެ. ހޮސްޕިޓަލުން ވިދާޅުވެފައިވަނީ އޭނާގެ މޫނަށާއި، ބޮލަށާއި، ކަންފަތަށް ޙަމަލާދީ ޒަޚަމް ކޮށްފައިވާ ކަމަށެވެ. އެމީހާއަށް ޙަމަލާ ދިނުމުގެ ތުހުމަތުގައި ފުލުހުން ވަނީ 3 މީހަކު ބަންދުކޮށްފައެވެ.  އޭނާއަށް ޙަމަލާދީފައިވަނީ ފެބުރުއަރީ 24 ވަނަ ދުވަހުގެރޭ ފަތިހު 4:00 އެހައިކަންހާއިރުއެވެ. ފުލުހުން މިހާރުވެސް ގެންދަނީ މި މައްސަލަ ތަޙުޤިގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.