މާރާމާރީއެއްގައި މީހެއްގެ ބޯ ފަޅާލައިފި

ގަލޮޅުގެއެއްގެ ތެރޭގައި ދެމީހެއްގެ މެދުގައި ހިނގި މަރާމާރީއެއްގައި އެކެއްގެ ބޯފަޅާލައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިހާދިސާ ހިނގާފައިވަނީ މިއަދު 3:16 އެހައިކަންހާއިރު ކަމަށެވެ.

މިމާރާމާރީ ހިންގާފައިވަނީ ފަށެއް ވިއްކަން އެގެއަށް ވަންމީހަކާއި ފަށްވިއްކަން ދިޔަ މީހާއާ ދެމެދުގައެވެ. މިމާރާމާރީގައި އެގޭ މީހާވަނީ ފަށް ވިއްކަންދިޔަ މީހާގެ ބޮލުގައި ފިހިގަނޑު ޖަހައި ބޯފަޅާލައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަނިޔާ ލިބިފައިވަނީ ޢުމުރުން 26 އަހަރުގެ ދިވެހި ފުރިހެނަކަށެވެ. އޭނާ ވަނީ ފަރުވާދިނުމަށް އައިޖީއެމްހޮސްޕިޓަލަށް ގެންގޮސްފައެވެ. ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހާރު ގެންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.