ބަޔަކު ފުރުސަތު ނުދޭނަމަ ކޮރަޕްޝަނެއް ނުހިންގޭނެ - އަޒީ

Abdul-Azeez-Jamal-Abubakur1-Information-Commissioner-Right-to-Information-RTI-1200x545_c

ރާއްޖޭގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގެ ފުރުސަތު އެފަދަ ޢަމަލުހިންގާމީހުންނަށް ނުދޭނަމަ، އެފަދަ އަމަލުތައް ރާއްޖޭގައި ނުހިންގޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޑްރާމާ ސިލްސިލާ "ބިތުފަންގި" ގެ އެންމެފަހު ސިލްސިލާ ނިމުމުގެ ގޮތުން ރޭ ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ނެޝަނަލް އާޓު ގެލެރީގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން އަޒީ ވިދާޅުވީ، އެކި ދާއިރާތަކުގައި ބާރާއި ނުފޫޒުގަދަ ފަރާތްތަކުން ކޮރަޕްޝަންގެ އަމަލު ހިންގާ އިރު ޢާއްމުފަރުދުންވެސް އެކަމާގުޅޭފަހަރު އަންނަކަމަށެވެ. އެހެންކަމުން، ކޮރަޕްޝަން ހިންގާމީހުންނަށް އެ ފުރުސަތު ނުދޭނަމަ އެކަން ނުކުރެވޭނެކަމަށް ޤަބޫލުކުރައްވާކަމަށް އަޒީ ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ މައްސަލާގައި އެންމެ މުހިންމުކަމަކީ އެކަމާގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުންކަމަށާ، މުޖުތަމަޢު ހޭލުންތެރިކުރުވިއްޖެނަމަ ކޮރަޕްޝަނުގެ ޢަމަލުތަކަށް ވަރަށްބޮޑު ހުއްޓުމެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ ގައުމުގެ ފުދުންތެރިކަމުގެ ގެއްލިގެންދާބައި ގެއްލުނަނުދީ ތަރައްގީއަށްޓަކައި ބޭނުންކުރުމަށް ސަލާމަތް ކުރެވުންކަމަށްވެސް އަޒީ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.