މިރޭ 12:30 އިން ހެނދުނު 6:30 އަށް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެތީ މޫސުމާ ބެހޭ އޮފީހުން މުޅި ރާއްޖެއަށް ވައިޓު އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ އޮފީހުން ނެރެފައިވާ ވައިޓު އެލާޓުގައި ބުނެފައިވަނީ އެ ވަގުތުގައި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ. މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނ ވާރޭ ވެހެމުންނެވެ.
ރާއްޖޭގެ ޢާއްމު މޫސުމަށް ބަލާއިރު ވެސް އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ވައިޓު އެލާޓު ނެފައިވާ ވަގުތު ނޫން އެހެން ވަގުތުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އޮފީހުން ވަނީ ވިދާޅުވެފައެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.