ހަފްތާއެއްގެތެރޭގައި ދިވެހިސަރުކާރު ވައްޓާލަން އިދިކޮޅު މީހުން ރާވައިފި - ބީބީސީ

_90889054_gettyimages-464136193-1

ހަފްތާއެއްގެ ތެރޭގައި ޔައީސް ޔާމީން ވެރިކަމުން ދުރުކުރަން އިދިކޮޅު ސިޔާސީ ފަރާތްތަކުން ރާވާފައިވާކަމަށް ބީބީސީން ބުނެފިއެވެ.

ނަންހާމަނުކުރާ މަސްދަރަކާ ޙަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާގޮތުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ދުރުކޮށް، ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތަކުން ވަނީ "ޕްލޮޓެއް" ރާވާފައެވެ.

އެހެންނަމަވެސް އެއީ ކިހިނެއްރާވާ ކޮންކަހަލަ ޕްލޮޓެއްކަމެއް އަދި އެރޭވުމުގެ މާބޮޑު ތަގްސީލެއްވެސް ބީބީސީން ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ކުރިއަށް މިއޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުގެ ރޭވުން ކާމިޔާބުކުރުމަށް އެފަރާތްތަކުން ބޮޑެތި މަސައްކަރތްތަކެއް ކުރާނެކަމަށް ބީބީސީން ބުނެއެވެ.

ރައީސްއޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ބީބީސީއަށް މަޢުލޫމާތުދީފައިވާގޮތުގައި ރާއްޖެއިން ބޭރުގައި ތިބި އިދިކޮޅު ސިޔާސީ ފަރާތްތަކުން މި ސަރުކާރު ވައްޓާލަން ރޭވުންތަކެއް ރާވާފައިވާކަން، ސަރުކާރަށް އެނގެއެވެ. އެހެންނަމަވެސް ޤާނޫނީ އިމުގެތެރެއިން މިސަރުކާރު ވައްޓާލެވޭނެ އުސޫލެއް، ހަމައެއް އިދިކޮޅުފަރާތްތަކަށް ނެތްކަމަށް ސަރުކާރުންދަނީ ވިދާޅުވަމުންނެވެ. ޤާނޫނީ އިމުގެ ބޭރުން ޤާނޫނީ ސަރުކާރެއް ވައްޓާލުމަކީ ބައިނަލްއަގުވާމީ އުސޫލުތަކާއި ޑިމޮކްރަސީއާވެސް މުޅިން ހިލާފު ޣައިރު ގާނޫނީ އަމަލެއް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލުޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ނަޝީދު އިނގިރޭސިވިލާތުގެ ޙިމާޔަތް ހޯއެއްދެވުމަށްފަހު އުފެއްދެވި އިދިކޮޅު އިއްތިޙާދުއުފެދުނުފަހުން ގެންދަނީ މިސަރުކާރު ވައްޓާލާނެކަމުގެވާހަކަ ދައްކަމުންނެވެ.

އެއިއްތިހާދުގެ މައިގަނޑު މަޤުސަދަކީ ދައުރު ހަމަވުމުގެކުރިން ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށްފަހު، އިންތިޤާލީ ސަރުކާރެއް ޤާއިމުކުރުންކަމަށާ، އެސަރުކާރުގެ ރައީސަކަށް ވެވަޑައިގަންނަވާނީ އިއްތިހާދުގެ ލީޑަރު ޑރ.ޖަމީލު ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރުވައްޓާލަން ރާވާފައިވާކަމަށް ބީބީީސީން ރިޕޯޓް ކުރި އިރު ނަޝީދާއި އެމަނިކުފާނާއެކު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ސިޔާސީ އިސްބޭފުޅުން ރޭ ވަނީ އަވަށްޓެރިސްރީލަންކާއަށް ވަޑައިގެންފައިވާކަމަށް ވަނީ ޚަބަރުލިބިފައެވެ. މިދަތުރުފުޅުގެ މަޤުސަދަކީ ސަރުކާރާ ދެކޮޅަށް އެއިއްތިޙާދުން ކުރާ ބައެއްކަންކަމާގުޅޭގޮތުން ސިއްރު ބައްދަލުވުމެއް ބޭއްވުންކަމަށްވެސް ވަނީ ޚަބަރުލިބިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.