ރަނގަޅު ތަހުގީގެއް ކޮށްފިނަމަ މި ސަރުކާރުގައި މަނީލޯންޑާ ނުކުރާ މީހަކު ނުހުންނާނެ: ރައީސް ޔާމީން

ރަނގަޅު ތަހުގީގެއް ކޮށްފިނަމަ މި ސަރުކާރުގައި މަނީލޯންޑާ ނުކުރާ މީހަކު ނުހުންނާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން ކުރިއަށް ގެންދިޔަ "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅު ދައްކަމުން އެމަނިކުފާނު ވިދާޅުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުން ބަލާލަން ލިބޭނީ އިންޑިއާ އިން ހުއްދަ ދިނުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އަށް ނޭނގޭ ގޮތަށް އެއްވެސް މީހަކަށް ރާއްޖޭގެ ބޭންކެއްގެ އެކައުންޓެއްގައި ފައިސާ ނުގެންގުޅެވޭނެ ކަމަށާއި މިހެން ކަންތައްތައް ވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

" ރާއްޖޭގެ ގާނޫނު ހެދިފައި ހުރި ގޮތުން ތިމާގެ އެކައުންޓަށް ތިމާއަށް ނޭނގި ފައިސާ ވަދެފި ނަމަ އެ މީހަކު ކުށްވެރިވެގެން ކޮންމެ ދުވަހު ދެ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ. އަދި ގާނޫނު ހެދިފައި ހުރުމުން އެ ގާނޫނު ބޭނުންހާ ގޮތަކަށް ބޭނުންކުރަން ޖާގަ ދެވިގެން ނުވާނެ. ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މިމޭރުމުން ވާހަކަ ދެއްކެވި އިރު، އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ އެމަނިކުފާނުގެ މަންޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި ސްޕްރީމް ކޯޓާއިހަމައިން މިނިވަން ވެވަޑައިގެންފައި ހުންނެވި ނަމަވެސް، މަނީލޯންޑަރިންނާ ގުޅޭ އިތުރު ދެ މައްސަލަ މިހާރުވެސް ދަށުކޯޓުގައި ހިނގަމުން އެބަދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.