ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެމަނިކުފާނު ކުޑަހުވަދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިފައި އޮތީ މާދަމާ އެވެ.

މިއީ އެ ރަށުގެ ރައްޔިތުންނާ ގާތުން ބައްދަލު ކުރުމަށާއި ޕާޓީގެ ކަންކަން ފުޅާ ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޕީޕީއެމް އިން ބުނެ އެވެ.

އެ ގޮތުން ޕާޓީ ހަރަކާތް އިތުރުކުރުމާއި ޕާޓީ މެމްބަރޝިޕް އިތުރު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެނދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެއެވެ. އަދި މާދަމާ ރޭ ކުޑަހުވަދޫގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޕީޕީއެމުން ބުނެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އިން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅައި އެމަނިކުފާނަށް ރިޔާސީ ޓިކެޓް ހަވާލު ކުރި ފަހުން މިއީ އެމަނިކުފާނު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް ދިނީ، 5 އަހަރު ވެރިކަން ކުރައްވާފައި ހުންނަވާ ބޭފުޅަކަށް ޕްރައިމަރީ އަކާ ނުލައި ޓިކެޓް ދެވޭ ގޮތަށް އަސާސީ ގަވައިގަށް ގެނައި ބަދަލެއްގެ ދަށުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.