އިންޑޮނޭޝިއާގެ ޢާއްމު އިންތިޚާބު އޮބްޒާވް ކުރުމަށް އީސީގެ ވަފުދެއް ފުރަނީ

މިމަހު 17 ވަނަ ދުވަހު އިންޑޮނޭޝިއާގައި ބާއްވާ އެޤައުމުގެ ޢާއްމު އިންތިޚާބު އޮބްޒާވް ކުރުމަށްޓަކައި ރާއްޖޭގެ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަފުދެއް މިރޭ އެޤައުމަށް ފުރާވަޑައިގަންނަވާނެ ކަމަށް އީސީން ވިދާޅުވެއްޖެއެވެ.

މި ވަފުދުގައި ހިމެނި ވަޑައިގަންނަވަނީ އީސީގެ ތިން މެމްބަރެކެވެ. އެއީ ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް އާދަމާއި، މެމްބަރ އަދި ތަރުޖަމާނު އަޙުމަދު އަކުރަމާއި، މެމްބަރ ޢަލީ ނަޝާތެވެ.

މި ދަތުރަށްފަހު މި ވަފުދު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ބުރާސްފަތު ދުވަހުއެވެ. އީސީގެ މެމްބަރުން އެހެން ޤައުމެއްގެ އިންތިޚާބެއް އޮބްޒާވް ކުރައްވަން މިވަޑައިގަންނަވަނީ ރާއްޖޭގައި ވަރަށްގާތްގާތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި، ފިއްލަދޫ ކައުންސިލްގެ ބައިއިލެކްޝަން ބޭއްވުމަށްފަހުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.