މާލީބަޔާން ހުށަނަހަޅާ ކެންޑިޑޭޓުންނާމެދު ފިޔަވަޅު އަޅަން މިހަފްތާގައި ފޮނުވާނަން: އީސީ

އީސީގެ މެންބަރު އަހުމަދު އަކުރަމް

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން  މާލީ ބަޔާންތައް ހުށަހަޅާ މީހުންނާމެދު ފިޔަވަޅު އަޅެއުޅަށް އެދި ބަންޑާރަ ނާއިބުގެ އޮފީހަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ އެމީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށްއެދި މި ހަފްތާގައި އޭޖީ އޮފީހަށް ފޮނުއްވާނެ ކަމަށެވެ.

މާލީ ބަޔާން ހުށަހެޅުމަކީ ޤާނޫނީ ގޮތުން ކެންޑިޑޭޓުންގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. މާލީ ބަޔާން ހުށަހެޅުމަށް ދީފައިވާ މުއްދަތު ރޭ 12:00 އަށް ވަނީ ހަމަވެފައެވެ. ހަމަވިއިރު 386 ކެންޑިޑޭޓުންގެ ތެރެއިން ބަޔާން ހުށަހަޅާފައި ނުވަނީ 39 މީހުންނެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ އަމިއްލަގޮތުން ވާދަކުރެއްވި 31 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި ޕީއެންސީގެ ކެންޑިޑޭޓަކާއި ޢަދާލަތު ޕާޓީގެ ކެންޑިޑޭޓަކާއި، ލޭބަރ ޕާޓީގެ 2 ކެންޑިޑޭޓަކާއި، އެމްޓީޑީގެ 2 ކެންޑިޑޭޓުންނެވެ.

މާލީ ބަޔާންތައް ހުށަނުހަޅާ ކެންޑިޑޭޓުންނާމެދު އެޅިދާނެ ފިޔަފަޅުތަކުގެ ތެރޭގައި ހަ ހާސް ރުފިޔާ އާއި ސައުވީސް ހާސް ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމާއި ހަ މަހާއި ދެއަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.