ގާދިއްފުއްޓާއި ދިއްގަރުގެ ބައި އިލެކްޝަން ފަށައިފި

ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން ނިންމައި ވޯޓު ގުނުން ކުރިއަށްދަނީ: ފޮޓޯ އިލެކްޝަން

ތ. ގާދިއްފުއްޓާއި މ. ދިއްގަރުގެ ބައި އިލެކްޝަން ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ދެ ބައި-އިލެކްޝަން ގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާ ކަމަށާއި މިހައިތަނަށް 160 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާ ކަމަށެވެ.

މި ދެ ރަށަށް ވޯޓު ލުމުގެ ހައްގު 1537 މީހުންނަށް ލިބޭ ކަމަށާއި ވޯޓު ފޮށި ބަހައްޓާފައިވަނީ އެ ދެ ރަށާއި މާލޭގައި ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ފާއިތުވެދިޔަ ބައި-އިލެކްޝަންސް ތަކުގައި ލިބުނު ތަރުހީބު ކުޑަކަން މީގެ ކުރިންވެސް އީސީން ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ، ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ދިއުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.