ބެލްކަނި ތަކުގައި ގަސް ހައްދާނެ ގޮތް ދަސްކޮށްދެނީ

ވިމެން އެންޓަޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގަސްހައްދަން ދަސްކޮށްދޭ ވޯކުޝޮޕެއް މާލެއާއި ހުޅުމާލޭގައި ބާއްވަން ނިންމަވައިފިއެވެ.

ވިމެން އެންޓަޕްރިނިއަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސާ ޝާޢިރާ ސަލީމް ވިދާޅުވީ މިއީ ކަމުގެ ތަޖުރިބާކާރަކު ގެނެސްގެން ބާއްވާ ވޯކްޝޮޕެއް ކަމަށެވެ. އޭގައި ދަސްކޮށްދޭނީ ގަސް ހެއްދުމުގެ އަސާސީ ބައިތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ބެލްކަނިތަކާއި ނާސަރީ ތަކުގައި ގަސް އިންދައި ހައްދަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްގެން ބާއްވާ ވޯކުޝޮޕެކެވެ. މީގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން 500 ރުފިޔާގެ ފީއެއް ނަގާނެއެވެ.

މާލެގައި ވޯކްޝޮޕް އޮންނާނީ އެޕްރީލް 12 އިން 13 އަށެވެ. ހުޅުމާލޭގައި އޮންނާނީ 14 އިން 15 އަށެވެ.

ވޯކުޝޮޕުގައި ކިޔައިދޭނީ ގަސްއިންދައި ހައްދާނެ ގޮތުގެ އެންމެ އަސާސީ މަޢުލޫމާތާއި، ރަނގަޅު މުޑުވައް ހޯދާނެ ގޮތަކާއި، ފަސްގަނޑު ތައްޔާރު ކުރާނޭ ގޮތަކާއި، ތަފާތު ބާވަތުގެ ގަސް ހައްދަން ބޭނުން ކުރާނެ އެކި އުކުޅުތަކާއި، ކާނާއި އާއި ފެންދޭންޖެހޭނެ ވަގުތާއި ޙާލަތާ ބެހޭ އިރުޝާދެވެ. މީގެ އިތުރަށް ގަހަށް ޖެހޭ ބަލިތަކުން ދިފާޢު ކުރާނެ ގޮތް ވެސް ބުނެދޭނެއެވެ.

މި ވޯކްޝޮޕް ކުރިއަށްދާއިރު ބޭނުންވާ ތަޖެތި ފޯރުކޮށްދޭނީ ވިމެންއެންޓަރޕްރިނިއަރަސް އެސޯސިއޭޝަނުންނެވެ. ކިޔަވައިދޭ ގަޑިއަކީ ހަވީރު 4:00 އިން 6:00 އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.