އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުން މިރޭ

ރާއްޖޭގައި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭ އިޢުލާން ކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ ނަތީޖާ އިޢުލާން ކުރައްވަން ފަށްޓަވާނެ ގަޑި ފަހުން އިޢުލާން ކުރައްވާނެ ކަމަށެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީން އިޢުލާން ކުރެއްވުމުގެ ކުރިން މީޑިއާއިން ވަނީ ނަތީޖާ ހާމަކުރައްވައިފައެވެ. އެހެންނަމަވެސް މީޑިއާއިން ބުނާއެއްޗަކަށް އީސީން ޔަޤީންކަމާއެކު ނުނިންމަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މީޑިއާގައި އެބުނާ އެއްޗެއް ޔާގީން ކަމާއެކު ނުނިންމާނެތާ. އަޅުގަނޑުމެން ބަލާނީ އަޅުގަނޑުމެންނަށް ޔަޤީންވާ ނަތީޖާ. ވެރިފައިނުކޮށެއް އަޅުގަނޑުމެން ނަތީޖާ އިޢުލާނެއް ނުކުރާނެ،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނަތީޖާ ފޮނުވާފައި ހުރިއިރުގައި އެއްޝީޓެއް "ހަތްދިހަ އަށްޑިހަ ފަހަރު" ފޮނުވާފައި އެބަހުރި ކަމަށެވެ. އެ ފޮނުވާފައި ހުންނައިރު އޭގެތެރެއިން އައިޑެންޓިފައި ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވއެވެ. "މިސާލަކަށް އަށްހާސް ޝީޓު އަންނަންވާތަނަކުން އަށާރަ ހާސް ޝީޓު އެބަހުރޭ އައިސްފައި. އެ އެއްޗެހިތައް އަޅުގަނޑުމެން ފިޒިކަލީ ބަލާނީ މިހާރަކު ނޫން. ފިކަލީ އަޅުގަނޑުމެން ބަލާނީ ވަގުތީ ނަތީޖާ އިޢުލާންކޮށްފައި ދާއިމީ ނަތީޖާ އިޢުލާން ކުރަން" ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމަހުގެ ނުވައެއްގެ ނިޔަލަށް ހުރިހާ ވޯޓު ފޮށިތައް އިސީއަށް ލިބިވަޑައިގަންނަވާނެކަމަށެވެ.

"އެ އައިމާ އޭގެތެރެއިން ފިޒިކަލް ނަތީޖާ ޝީޓުތައް ނަގައިގެން އެ އެއްޗެހި ވެރިފައި ކޮށްފައި ދާއިމީނަތީޖާ އަޅުގަނޑުމެން އިޢުލާން ކުރަނީ،" ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.