ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމަށް އީސީން އިލްތިމާސް ކުރައްވައިފި

ނިމިގެން ދިޔަ މަޖިލީސް އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް ޤާނޫނޫގައި ބުނާ މުއްދަތުގައި މާލީބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދި ވަޑައިގެންފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއި ބަލިވި ކެންޑިޑޭޓުންވެސް މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހެޅުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ ކެންޑިޑޭޓާއި ކެންޑިޑޭޓުންގެ ރަސްމީ އެޖެންޓުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ފަހެއް މެއި އަކީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ އެންމެ ފަހު ދުވަސް. އެހެން ވީމާ އެދުވަހުގެ ކުރިން މާލީ ބަޔާން ހުށަހަޅުއްވައި ޤާނޫނީ އެ ޒިންމާއި ބާރިއްއަ ވުމަށް އަޅުގަނޑު ކެންޑިޑޭޓުންނަށް އިލްތިމާސް ކުރަން،" ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ އިންތިޚާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.