މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ކޮއްދިއްޕަރު ރިސޯޓު ކައިރިން ފެނިއްޖެ

މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ކޮއްދިއްޕަރު ރިސޯޓު ކައިރިން ފެނިއްޖެއެވެ. ފުލުހުން ވިދަޅުވީ އެ ހަށިގަނޑު ފެނިފައިވަނީ އެ ރިސޯޓާ ދިމާ ކަނޑުން ކަމަށެވެ. ހަށިގަނޑު ވަނީ ވަރަށްބޮޑަށް ކުނިވެފައެވެ. އެހެންނަމަވެސް އެއީ ފިރިހެނެއްގެ ހަށިގަނޑުކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ.

އެމީހާ ފެނިފައިވަނީ އެސަރަޙައްދަށް މަސްވެރިކަން ކުރަން ގޮސް އުޅުނު ބަޔަކަށެވެ. އެމީހުން ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން މިހާރުވެސް ގެންދަވަނީ އެމީހާ ނެގުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މިކަމާ ބެހޭ މަޢޫލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު އިރުއޮއްސި 6:34 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.