ކ. މާފުށިން ފުރައިގެން މާލެ ދަތުރުކުރަމުން އައި އެރަށުގެ ފެރީ "ހަނދޭގިރި 2" ވާދޫ ކަނޑަށް އިންޖީނު ހުއްޓިއްޖެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް މިހާރުދަނީ ފެރީއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިއެވެ. މިހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ 9:17 އެހައިކަންހާއިރު ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ހާދިސާ ހިނގިއިރު އެ ފެރީގައި 50 މީހުން ތިބިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރަށް 10 ފަތުރުވެރިއަކުން ވެސް ހިމެނެއެވެ.
ކޯސްޓްގާޑް ލޯންޗުން މިހާރު ގެންދަނީ އަންހެނުންނާއި ކުޑަކުދިންނާއި ފަތުރުވެރިން މާލެ ގެންދިޔުމުގެ މަސައްކަތް ކުރަމުންނެވެ. ފެރީގެ ފެރިފަރާތުން މިހާރުވަނީ އެ ކަފުޖަހާނެ އެހެން އުޅަނދެއް އެސަރަހައްދަށް ގެނެސްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ފެރީގައި ތިބި މީހުން 10:50 ގައި މާލެއަށް ގެންދެވޭނެ ކަމަށާއި އެމީހުން ގޮވައިގެން އަންނަ ލޯންޗު ކައިރިކުރާނީ ކޯސްޓްގާޑު ބިލްޑިންގެ ކުރިމައްޗަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިހާދިސާގައި އެއްވެސް މީހަކަމަށް ގެއްލުމެއް ވެފައެއް ނުވެއެވެ.