ބޭނުންވާނެ ތަކެތި:
2 ކިލޯ ބިލަމަގު
1 ކިލޯ ލޮނުމެދު (ލޮނުމެދު ގެ ދެބައިކުޅަ އެއްބައި ޗަސްކޮށްފައި، ބޮޑެތި ކޮށް ކޮށާފައި)
750 ގުރާމް ފިޔާ، ކޮށާފައި
100 ގުރާމް ރޯ އިނގުރު، ޗަސްކޮށްފައި
މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ ރެވި (މަސްޓަރޑް ސީޑްސް)
މޭޒުމަތީ ސަމުސަލުގެ 2 ސަމުސާ އޯބަތް
މޭޒުމަތީ ސަމުސަލުގެ 3 ސަމުސާ އަސޭ މިރުސް (ރާޅުކޮށް މުގުރާފައި)
150 ގުރާމް ހަވާދު (ކުކުޅު ހަވާދު ނުވަތަ ބޭނުން ހަވާދެއް އިޚްތިޔާރު ކުރެވިދާނެ)
1 ޖޯޑު ބައި ކައްކާ ތެޔޮ
ރާހުތް (ވިނެގަރ) ފުޅިއެއް (650 މިލިލީޓަރ)
ހިނކަނދި ފަތް
ރާނބާ ފަތް
ގިތެޔޮ މިރުސް
ކުދީނާ ފަތް
ލޮނު
ތައްޔަރު ކުރާނޭ ގޮތް:
އުނދުން މައްޗަށް ބޮޑު ތެއްޔެއް އުދައި ތެޔޮ ކޮޅު ހޫނު ކުރާށެވެ. ދެން އޭގެ ތެރެއަށް އެންމެ ފުރަތަމަ ރެވި އަޅައި، ރެވި ރަނގަޅަށް ރޯސްޓް ވުމުން އޯބަތް އަޅާށެވެ.
2 މިނެޓެއް ވަރު ފަހުން ކޮށާފައި ހުރި ފިޔާ ތެޔޮގަނޑުގެ ތެރޭގައި މީރު ކުރާށެވެ. ފިޔާގަނޑު ރޯ ފިލުމުން ކޮށާފައި ހުރި ލޮނުމެދު ފިޔައާއި އެއްކޮށް ރޯ ފިލުވާށެވެ. ރޯ ފިލުމުން އޭގެ ތެރެއަށް ރާހުތް އަަޅައިގެން ރަނގަޅަށް ކައްކާށެވެ.
އެއަށްފަހު ޗަސް ކޮށްފައި ހުރި ލޮނުމެދާއި ރާނބާ ފަތާއި، ހިކަނދި ފަތާއި، ކުދީނާ ފަތާއި، ރޯ މިރުސް އަދި އަސޭ މިރުހާއި ހަވާދު އެއްކޮށްގެން ރަހަ ނިކުންނާން ދެން ރަނގަަޅަށް ކައްކާށެވެ.
ދެން އޭގެ ތެރެއަށް ބިލަމުގު އަޅައި ހަވާދު ގަނޑާއި އެއްކުރާށެވެ. ބިލަމަގު އެޅުމަށް ފަހު ބައި ގަޑި އިރު ނުވަތަ 45 މިނިޓް ވަރު އިރު ކައްކާށެވެ. ބިލަމަގު ރޯ ފިލަމުން ދާއިރު އޭގައި ހުންނާ ޖޫސް ނިކުންނާނެއެވެ. ބައިގަޑިއެއް ހާއިރު ނުވަތަ 45 މިނިޓް ވާއިރު ހުންނާނީ ބިލަމަގާއި ހަވާދު ރަނގަޅަށް އެކުވެފައެވެ.
ބިލަމުގެ ފަޅިކޮށްގެން ވެސް ނުވަތަ އަވީލައި ހިއްކައިގެން ވެސް އަސާރަ ތައްޔާރު ކުރެވިދާނެއެވެ.
ނަމަވެސް ރޯ ބިލަމަގުން ތައްޔާރު ކުރުމުން އެހުންނަ ޖޫސީ، ގުދްރަތީ ރަހަ ނުހުންނާނެއެވެ.
މި އަސާރަ 6 މަސް ދުވަސް ވަންދެން ތަޢައްޔަރު ނުވެ ހުންނާނެއެވެ. އެހެން ކަމުން މިއީ ގޭގައި ތިބެގެން އާމްދަނީ ހޯދަންވެސް ތައްޔާރު ކުރެވިދާނެ އެއްޗެކެވެ. ވިޔަފާރީގެ ބޭނުމަށް އަސާރަ ހަދާނަމަ ފުޅިފުޅީގައި ނުވަތަ ޕެކެޓުގައި ބަންދު ކުރެވިދާނެއެވެ.
ނޯޓް: އިތުރު ފޮޓޯ އާއި ވިޑިއޯ އާފަތިސް އިންސްޓެގްރާމްގައި @Aafathisonline
މަނާލް އަނބު އަސާރަ ރެސިޕީ އެއް ގެނެސްދީބަލަ މީރު ރެސިޕީ
މިކަހަލަ އާ ރެސިޕީ ނުގެނެސްދެނީ މިހާރު ކީއްވެ.
ތި ހީވަނީ ރިހަ ގަނޑެއްހެން
މިގޮތަށް ހަދާ އަސާރާގައި ވިނިގާގެ ދިލަ ހުތްރަހއެއް ހުންނަނީ ކީއްވެ ކަން ބުނެ ދެއްވަފާނަންތޯ
އެރަހަ ނުހުންނާނެ ގޮތަކަށް ހަދާނީ ކިހިނެއް ތޯއެވެ.