އާފަތިސް ރޯދަ ބަދިގެ: ކުކުޅު، އަނބު އަދި މިރުސް ސަލަޑް

ކުކުޅު، އަނބު އަދި މިރުސް ސަލަޑް

ބޭނުންވާނެ ތަކެތި:

1 އަނބު، ކިއުބްސް ގޮތަށް ކޮށާފައި                  1 ލެޓިއުސް، ކޮށާފައި

1 ކުދި ފިޔާ، ކުދިކޮށް ކޮށާފައި                     2 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް، ކުދިކޮށް ކޮށާފައި

1 ނުވަތަ 2 ރަތް މިރުސް                        1 މޭޒުމަތީ ސަމުސާ ތެޔޮ

2 ލުނބޯ ގެ ހުތް                              1 ޗިކެން ބްރެސްޓް. ކައްކާފައި

ތައްޔާރު ކުރާނެ ގޮތް:

ބޯތަށްޓަކަށް ކޮށާފައި ހުރި އަނބު އަޅައި ފިޔަ އާއި މިރުސް އަދި ލުނބޯ ހުތް އެއްކުރާށެވެ. ދެން ކައްކާފައި ހުރި ކުކުޅު ފުނޑުކޮށްފައި ބޯތަށްޓަށް އަޅާށެވެ. ދެން އޭގެ ތެރެއަށް ލެޓިއުސް އާއި ކޮތަނބިރި ފަތް ރަންގަޅަށް އެއްކުރުމަށްފަހު ތެޔޮ ސަމުސާ އެއްކޮށްލާށެވެ. ސަލަޑް ސާވް ކުރާ ތަށްޓަކައި އަޅައި ސާވް ކުރާށެވެ. މި ރެސިޕީ އިން ދެ މީހަކަށް ނުވަތަ ތިން މީހަކަށް ސާވް ކުރެވޭނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.