އޮޔާދާ ހިކިއޮނުފީނިތަކެއް ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

އޮޔާދާ އޮނުފީނީގެ ސަބަބުން އުޅަނދު ފަހަރަށް ނުރަކާވެދާނެ: ފޮޓޯ އެމްއެންޑީއެފް

ނ. މާކުރެންދޫ ކައިރިން އޮޔާދާ ހިކި އޮނުފީނިތަކެއް ފެނިންގެން އެ ނައްތާލުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުން ފަށައިފިއެވެ.

އެ ނައްތާލުމުގެ މަސައްކަތް ފެށީ އެސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ އޮޔާދާ އޮނިފީނީގެ އަޑިއަށް ސާޅީހަކަށް ފޫޓު އެބަހުރި ކަމަށެވެ.

"އެސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ޙާދިސާއެއް ދިމާވެދާނެތީ އޮނުފީނިތައް ނައްތާލުމަށް ކޯސްޓުގާޑުން ދަނީ މަސައްކަތްކުރަމުން،" ޢާޒިމް ވިދާޅުވިއެވެ. މި ޙާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 1:40 އެހައިކަންހާއިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.