ދިޔަވަމުންދާ ދޯންޏެއް ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި

އެމްއެންޑީއެފުން އައިމާ ދޯންޏަށް އެހީވަނީ: ފޮޓޯ އެމްއެންޑީއެފް

ދިޔަވަމުންދާ ދޯންޏެއް ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެޑީއެފާއި ފުލުހުން ކުރަން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ ޕަންޕު ބޭނުންކޮށްގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެދޯނީގައި ތިބީ 4 ބިދޭސީންނާއި ދިވެއްސެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދިޔަވަމުންދާ އައިމާ ދޯނި: ފޮޓޯ ޕޮލިސް

އެއީ ރަސްފަރުހުރާއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރި 100 ފޫޓުގެ ދޯންޏެކެވެ. އައިމާ 8 ނަމަކަށް ކިޔާ އެދޯނ ބަރުކޮށްފައިވަނީ ސިމެންޓާއި، ޖަމްބޯ ބޭގުންނެވެ. ދޯނި ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:51 އެހައިކަންހާއިރުއެވެ. ދޯނި ދިޔަވާން ފަށައިފައިވަނީ ކ. ތުލުސްދޫ ހުޅަނގުން 6 ނޯޓިކަލް މޭލު ބޭރުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.