ޑައިވިނަށް ފޭބި ފަތުރުވެރިއަކު ނިޔާވެއްޖެ

ރާއްޖޭގެ ރިސޯޓެއް: ރާއްޖޭގެ ހިތްގައިމު ރީތި މާޙައުލުން އުފާ ހޯދުމަށް އަނަން ފަތުރުވެރިންގެ ސަލާމަތާއި، ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ.

ސަފާރީއަކުން ޑައިވިނަށް ފޭބި ފަތުރުވެރިއަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެމީހާ ޑައިވިން ކުރަން ފޭބީ ގއ. ކެރެއްދޫ ކަނޑުއޮޅިއަށެވެ. އޭނާ ނިޔާވެފައިވަނީ ޙާލުދެރަވެގެން ގއ. ވިލިގިލީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށްނެވެ.  އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 12:05 އެހައިކަންހާއިރުއެވެ.

ނިޔާވެފައިވަނީ ޢުމުރުން 50 އަހަރުގެ، ޗައިނާ ފަތުރުވެރިއެކެވެ.

ފަހަކަށް އައިސް މިފަދަ ޙާދިސާތައް ވަނީ އިތުރުވެފައެވެ. މޫދަށް އެރި އުޅޭއިރު ގެނބިގެން ނިޔާވުމާއި، ޑައިވިން ކުރަން ފައިބައިގެން އުޅޭ އިރު ރާއްޖޭގައި މަރުވާ ފަތުރުވެރިންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.