މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން ނުވަތަ އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއް އެމްޑީޕީ ހަރުގޭގަގައި ރޭ ކުރިއަށްދަނިކޮށް ފުލުހުން ވަދެ އެޖަލްސާއަށް ހުރަސްއަޅައިފިއެވެ.
ޖަލްސާ ހިނގަމުންދިޔަ އެމްޑީޕީގެ ހަރުގެތެރެއަށް ވަދެގަނެ ފުލުހުންވަނީ ޖަލްސާގައި ވާހަކަދައްކަން ބޭނުންކުރި މައިކް ކަނޑާލައި އަޑުގަދަކުރުން ހުއްޓުވާފައެވެ. މިކަން ކޮށްފައިވަނީ ކީއްވެގެންކަމެއް ފުލުހުން ހާމައެއްނުކުރެއެވެ. އެސްއޯ ފުލުހުންގެ ބަޔަކު ރޭ އެމްޑީޕީ ހަރުގެއަށް ވަދެ ފުލުހުން އެތަނުގައިހުރި މައިކް ކަނޑާލުމުން ޖަލްސާ އިންތިޒާމުކުރިމީހުންވަނީ އަލުން މައިކް ގުޅައިގެން ޖަލްސާ ކުރިއަށްގެންދަން ތަކުރާރުކޮށް މަސައްކަތްކޮށްފައެވެ. ނަމަވެސް ތިން ފަހަރެއްގެ މަތިން ފުލުހުންވަނީ މައިކް ކަނޑާލައި އަޑުގަދަކުރުން ހުއްޓުވަފައެވެ. ރޭގެ ޖަލްސާގައި އެމްޑީޕީން ބުނެފައިވަނީ ފުލުހުން އެޕާޓީގެ ހަރުގެއަށް ވަނީ ކޯޓު އަމުރެއް ނެތި ކަމަށެވެ.
ޖަލްސާ ހުއްޓުވިނަމަވެސް ރޭ އެއްވެސް ހަމަނުޖެހުމެއް ނުހިނގައެވެ. އަދި އެއްވެސްމީހަކު ހައްޔަރެއްވެސް ނުކުރެއެވެ.