ފުލުހުންނަށްދިން ހަމަލާ ކުށްވެރިކުރަން:ސަރުކާރު

މާޗު 14-15 ވަނަ ދުވަހު އިދިކޮޅު އިއްތިހާދުން ބޭއްވި މުޒާހަރާގައި ފުލުހުންނަށް ހަމަލާދީ އަނިޔާ ކުރުމަށް ގޮވާލި ގޮވާލުން ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

ސަރުކާރުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މަޖީދީ މަގުގައި އުޅަނދުފަހަރަށް ދަތުރުނުކުރެވޭނެ ގޮތަށް މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ފުލުހެއްގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވާ ކަމަށެވެ. އަދި އެރޭ މުޒާހަރާއަށް އެއްވި ސަރަޙައްދުން 105 މިރުސް ފެން ޕެކެޓު ފެނިފައިވާއިރު، ޖެހިގެން އައިރޭ މުޒާހަރާ ކުރި ސަރަހައްދުން 76 އަސޭމިރުސް ފެން ޕެކެޓާއި، 24 ދަގަނޑުބުރި ފެނިފައިވާ ކަމަށެވެ.

އެހެން ކަމުން އެފަދަ ކަންނަމަކީ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާ ޚިލާފު ކަންކަން ކަމަށާއި، އަދި ރައްޔިތުންގެ މުދަލަށް ގެއްލުންދޭ އަމަލުތަކެއްކަން ދައުލަތުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ގާނޫނާއި ގަވާއިދުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ސަރުކާރުންވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.