އިންޑިއާ މީހާއަށް ޙަމަލާދިން ކަމުގެ ތުހުމަތުގައި ތިން މީހަކު ބަންދުކޮށްފި

ރޭ ފަތިހު 4:00 ގައި އައްޑޫސިޓީ ހިތަދޫ ބޮޑުމަގުން ބައިސްކަލުގައި ދިޔަ އިންޑިއާ މީހަކަށް ތޫނު އެއްޗަކުން ޙަމަލާދިން ކަމުގެ ތުހުމަތުގައި ތިންމީހަކު ބަންދު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބަންދުކޮށްފައިވަނީ ޢުމުރުން 24 އަހަރުގެ ދެ ފިރިހެނަކާއި، 18 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެމީހުން ބަންދުކޮށްފައިވަނީ މިރޭ 19:15 އެހައިކަންހާއިރުއެވެ. އެމީހުން ބަންދުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. މި ތިން މީހުންނަކީވެސް ދިވެހީންނެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރަމުން ކަމަށެވެ. އެ ޙަމަލާގައި އިންޑިއާ މީހާގެ މޫނަށާއި، ބޮލަށާއި، ކަންފަތަށް ވަނީ އަނިޔާވެފައެވެ. އެމީހާއަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންނެވެ. އޭނާގެ ޙާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.