ޒުވާނެއްގެ މެޔަށް ވަޅި ހަރައިފި

މާލޭގައި މިއަދު ހިންގި މާރާމާރީއެއްގައި ޒުވާނެއްގެ މެޔަށް ވަޅި ހަރައި ޒަޚަމްކޮށްފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޙާދިސާ ހިންގާފައިވަނީ ހެންވޭރުގައި ހުންނަ ޕީޕީއެމް އޮފީސް ސަރަހައްދުގައެވެ. މި މާރާމާރީގައި ޒަޚަމްވެފައިވަނީ ޢުމުރުން 28 އަހަރުގެ ޒުވާނެކެވެ. އޭނާއަށް މިހާރު ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ އެ ޒުވާނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މެންދުރުފަހު 2:40 ގައި ކަމަށެވެ. މިހާރު އޭނާއަށް ގެންދަނީ ފަރުވާ ދެމުންކަމަށެވެ. އެހެންނަމަވެސް އޭނާގެ ޙާލާމެދު އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ ޑޮކްޓަރުންގެ ބަހަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރާމާރީ ހިންގި ސަރަޙައްދުގައި ފުލުހުން މިހާރު ގެންދަނީ "ފޮރެންސިކް އެވިޑެންސް" ނެގުމަށްޓަކައި ޙަރަކާތްތެރިވަމުންނެވެ.

މި މާރާމާރީއާ ބެހޭގޮތުން ފުލުހުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.