މަގޫދޫ ކައުންސިލްއިދާރާއިން ވައްކަންކުރި މައްސަލާގައި 9 މީހަކު ބަންދު ކޮށްފި

ފ. މަގޫދޫ ކައުންސިލް އިދާރާގެ ސެކިޔުރިޓީ ގާޑު ބަނުމަށްފަހު އިދާރާ އަށްވަދެ ތިޖޫރީން ވައްކަންކުރި މައްސަލާގައި 9 މީހަކު ބަންދުކޮށްފި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފިއެވެ.

ފުލުހުން ވިދާޅުވީ އެމީހުން ބަންދުކޮށްފައިވަނީ ދޯންޏަކާއި، ޑިންގީއެއްގައި ދަތުރު ކޮށްފައި ދަނިކޮށް މަގޫދުއާ ކައިރިން ކަނޑުމަތީން ކަމަށެވެ.

އެމައްސަލާގައި ބަންދުކޮށްފައިވަނީ 23 އަހަރުގެ ދެ މީހަކާއި 24 އަހަރުގެ ދެމީހަކާއި، 26 އަހަރުގެ މީހަކާއި، 32 އަހަރުގެ މީހަކާއި33 އަހަރިުގެ މީހަކާއި، 36 އަހަރުގެ މީހަކާއި 38 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ފ. ނިލަންދޫ ކޯޓަށް ގެންދިޔުމުން ވަނީ އެމީހުންގެ ބަންދަށް ފަސް ދުވަސް ދީފައެވެ.

ސެކިޔުރިޓީ ގާޑު ބަނުމަށްފަހު އިދާރާއަށް ވަދެ ތިޖޫރީން ފައިސާ ނަގައިފައިވަނީ ތިޖޫރީ ހަލާކުކޮށްލައިގެންނެވެ. އެމީހުން އެކަން ކޮށްފައިވަނީ ހުސްވި ޖޫންމަހު 30 ވަނަ ދުވަހުގެ ރޭގައެވެ. ތިޖޫރީގައި މާގިނަ ފައިސާތަކެއް ނުހުންނާނެ ކަމަށް ކައުންސިލް އިދާއިރާއިން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.