ހަންކެޑެ ތަރައްޤީ ކުރުމަށް ހަދާފައިވާ އެއްބަސްވުން ބާޠިލުކޮށްފި

ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ހަންކެޑެ އެއްވެސް ވަރަކަށް ތަރައްޤީ ކޮށްފައިނުވާތީ އެތަން ތަރައްޤީ ކުރުމަށް ހަދާފައިވާ އެއްބަސްވުން ބާޠިލުކޮށް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑް އަށް 7 ދުވަހުގެ ނޯޓިސް ދީފިއެވެ.  

ޓުއަރިޒަމް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި އެއްބަސްވުން ބާޠިލުކޮށްފައިވަނީ "އެ ބިން އެއްވެސް ވަރަކަށް ތަރައްޤީކުރެވިފައި ނުވާތީ އާއި، އެ ބިމުން ސަރުކާރަށް އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބި ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީ އާއި، އަދި އެއްބަސްވުމުގައި ވާގޮތުގެ މަތީން ހޮޓާ ތަރައްޤީ ކުރެވިފައިނުވަނީ އެއްބަސްވުމުގައި ބަޔާންކުރާ ފަދަ އެފަރާތުގެ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުންކަމަށް ނުފެންނާތީ" އެވެ.

ހަންެކެޑެ ތަރައްޤީ ކުރުމަށް ޙަވާލުކޮށްފައިވާ ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑް އާއެކު މިނިސްޓްރީ އިން ހަދާފައިވާ ލީސް އެގްރީމަންޓާއި އެ ކުންފުނިން ޚީލާފުވެފައިވާ ކަން ވެސް މިނިސްޓްރީ އިން ފާހަގަކޮށްފައިވެއެވެ. އެހެން ކަމުން ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން ބާޠިލުކޮށް އެކަން އަންގައި 7 ދުވަހުގެ ނޯޓިސް މިހާރު އެފަރާތާ ޙަވާލުކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަންކެޑެ ތަރައްޤީ ކުރުމަށް މިނިސްޓްރީ އިން ތޫޑް ޕްރައިވެޓް ލިމިޓެޑް އާއެކު އެއްބަސްވުމުގައި ސޮއިކުރީ 2006ވަނަ އަހަރުގެ އޭޕްރިލް މަހުގެ 9ވަނަ ދުވަހުއެވެ. އަދި ހަންކެޑެ އާ ގުޅޭ އެންމެހައި ޙައްޤުތައް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑަށް ބަދަލުކޮށްފައިވަނީ 2011ވަނަ އަހަރުގެ ޖޫން މަހުގެ 20ވަނަ ދުވަހުއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.