މަތިވެރީ އެސްޓީއޯ ބޭސްފިހާރައިގެ ތިޖޫރި ވަގަށް ގެންދަނިކޮށް ފުލުހުންނަށް ފެނިއްޖެ

އއ. މަތިވެރީގައި އެސްޓީއޯއިން ހިންގާ ބޭސްފިހާރަ ފަޅާލައި އެތަނުގެ ތިޖޫރި ހިފައިގެން ދަނިކޮށް ފުލުހުންނަށް ފެނިއްޖެއެވެ.

ރޭ ދަންވަރު 2:50 އެހައިކަންހާއިރު ދެ މީހަކު އެ ފިހާރައިގެ ތިޖޫރި ހިފައިގެން ދަނިކޮށް ފެނިފައިވަނީ ޑިއުޓީގައި އުޅުނު ފުލުހުންނަށެވެ. އެމީހުން މަޑުކުރަން ފުލުހުން އެންގުމުން ވަނީ ތިޖޫރި އެއްލާލާފައި ފިލައިފައެވެ.

ފުލުހުން ވިދާޅުވީ ތިޖޫރިއާ ޙަވާލުވުމަށްފަހު ރަށުގެ ހުރިހާ ފިރާތައް ބަލައި ޗެކުރި ކަމަށެވެ. ބަލަމުންދަނިކޮށް އެއީ އެސްޓީއޯ ބޭސް ފިހާރަކަން ކަށަވަރުވީ އެތަން ފަޅާލައިފައި ހުއްޓާ ފެނިގެން ވަދެ ބެލުމުން ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މިހާތަނަށް މީހަކު ބަންދު ކޮށްފައެއް ނުވެއެވެ. އިތުރު މަޢުލޫލާތު ލިބޭ ވަރަކުން ޙިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށް ފުލުހުންގެ މީޑިއާއިން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.