އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައިހުރި މީހަކު ފިލައިފި

އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައިހުރި މީހަކު މިއަދު ފިލައިފިއެވެ.

ފިލައިފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހުރީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ. އެމީހާ ފިލާފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އޭނާ ބަންދުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވަނީ ޑިސެމްބަރ 9 ވަނަ ދުވަހުއެވެ.

"މި މީހަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަން މާލެ ފޮނުވަން ޑިސެމްބަރު ނުވަވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއް،" ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.