ވިލުފުށީ ގެއަކުން ތިންލައްކަ ރުފިޔާ ވަގަށް ނަގައިފި

ވިލުފުށި. ފޮޓޯ ފޭސްބުކު

ތ. އަތޮޅު ވިލުފުށީ ގެއަކުން ގާތްގަނޑަކަށް ތިންލައްކަ ރުފިޔާ މިރޭ ވަގަށް ނަގައިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 20:55 ގައެވެ. ވައްކަން ކޮށްފައިވަނީ މިރޭ ޢިޝާނަމާދު ވަގުތު (7:30 އާއި 8:40 އާދެމެދު) ގައި ކަމަށް ގޭގެވެރިފަރާތުން މަޢުލޫމާތު ދެއްވައިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ވައްކަމުގެ މިޙާދިސާގައި އެގޭގެ އެއްވެސް ތަނަކަށް ގެއްލުންދީ ހަލާކުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެގޭ އަލަމާރި ކޮންމެވެސް ވަރަކަށް ހަލާކުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިފައިސާ ވަގަށް ނަގައިފައިވަނީ ކޮންތާކު ބަހައްޓާފައި ހުއްޓައި ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ގެންދަވަނީ މި މައްސަލަ ބައްލަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.