އަބްދުއްރަޙީމް ރައީސް މައުމޫނަށް ފާޑު ވިދާޅުވެއްޖެ

bed0db5cb80d7fc583ff998918d573d2

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫނު އަބްދުލް ގައްޔޫމް ވަނީ އެޕާޓީ ހައިޖެކް ކޮށްފައިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ޢަބްދުﷲ ރައީސް މައުމޫނަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީހުގެ ބޭރުގައި ހުންނަވައިގެން އަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމްގެ އެންމެ ބާރު ގަދަ އެއް ގުނަވަނަކީ ޕާޓީގެ ކައުންސިލްކަމަށެވެ. އަދި ކައުންސިލްގެ މަޝްވަރާ އެއް ނެތި ޕާޓީގެ ހުރިހާ ބާރެއް ރައީސް މައުމޫންގެ އަތްޕުޅަށް ނުނެންގެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އޭނާވަނީ މައުމޫނަށް ޕާޓީ ހުއްޓުވައިގެން ނުހުރެވޭނެކަމަށް ވިދާޅުވެ ރައިސް މައުމޫނަށް އިންޒާރުދެއްވާ މޭރުމަކުން ވާހަކަފުޅުދައްކަވާފައެވެ.

ޕީޕީއެމްގެ ބައެއްކަންކަމަށް ރޭގެ ވަގުތެއްގައި ރައީސް މައުމޫނުވަނީ ބަދަލުތަކެއް ގެންނަވާފައެވެ. އެގޮތުން އެ ޕާޓީގެ ހިންގުމުގެ ކަންކަން އެޕާޓީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އަތުން ނަންގަވައި ސީދާ ރައީސް މައުމޫނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖައްސާފައެވެ.
ޕީޕީއެމްގެ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާކަން ތިލަވެފައިވަނީ އިއުލާނު ކުރުމަކާ ނުލައި ރަށްތަކާއި ބިމާއި ފަޅުތައް ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު ފާސްނުކުރުމަށް ރައީސް މައުމޫނު އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައިވަނިކޮށް، އެބިލް ފާސްކުރި ހިސާބުންކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.