ގެއްލިގެން ހޯދަމުންދިޔަ ޔުނިޓީ ދޯނި ފެނިއްޖެ

ޖަނަވަރީ 29 ވަނަ ދުވަހު 13 މީހުންނާއެކު ހއ.ފިއްލަދޫއިންމަހަށް ފުރި "ޔުނިޓީ" ދޯނީގެ ޚަބަރެއް ނުވެގެން ހޯދުމުން ދަނިކޮށް އެދޯނި ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ  އެދޯނީގެ ޚަބަރެއް ވެފައިވަނީ މިއަދު ހަވީރު 5:22 ގައި ކަމަށެވެ. އެ ގަޑީގައި އެދޯންޏާއި އޭގެ ވެރި މީހާއަށް ވަނީ ވާހަކަ ދެއްކެވިފައެވެ. އެ ދޯނި ކެލާގެ އުތުރުން 30 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރުމަށްފަހު މިހާރު ދަތުރު ކުރަމުންދަނީ މާލެއަށް ކަމަށް އޮޑިވެރިޔާއާ ޙަވާލާ ދެއްވައި އެމްއެންޑީއެފުން މަޢުލޫމާތު ދެއްވިއެވެ.

އެހެންނަމަވެސް އެދޯނީގެ ޚަބަރެއް ނުވެ ދުވަސްވީ ކީއްވެކަމެއް ސިފައިން ވިދާޅެއް ނުވެއެވެ.

އެދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް އެކަން ރިޕޯޓުކޮށްފައިވަނީ އިއްޔެ 14:10 އެހައިކަންހާއިރުއެވެ. އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.