ގައު ޕެލެޓްތަކެއް ބަރުކޮށްގެންދިޔަ ދޯންޏެއް ބަންޑުންޖަހާލައިފި

ގައު ޕެލެޓުތަކެއް ބަރުކޮށްގެން 3 މީހުންނާއެކު މާލެއިން ފުރައިގެން އަކިރިފުށި ރިސޯޓަށް ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހައިލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެ ދޯނި ބަންޑުން ޖަހާލައިފައިވަނީ އާރަށް ކައިރިއަށެވެ. ދޯނީގެ ވެރިފަރާތުން މިހާރު މަސައްކަތް ކުރަމުންދަނީ "ސީކިންގް" ނަމަކަށް ކިޔާ ތެޔޮބޯޓެއްގެ ކަފުގައި ޖަހައިގެން ދޯނި ހުޅުމާލެއަށް ގެންދިޔުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިދޯނި ބަންޑުނަޖަހާލައިފައި އޮއްވައި ފެނިފައިވަނީ އެސަރަހައްދުން ދަތުރުކުރި ލޯންޗަކަށެވެ. އެ ލޯންޗުވަނީ ދޯނިން ދަތުރުކުރި ތިން މީހުން އެއަށް ނަގައިފައެވެ.

މިހާދިސާގެ ޚަބަރު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 11:11 އެހައިކަންހާ އިރުއެވެ. މައުލޫމާޓު ލިބުމުން ކޯސްޓުގާޑުގެ ލޯންޗަކާއި، ލޭންޑިންކްރާފްޓެއްވަނީ 11:30 ގައި އެދޯންޏަށް އެހީވާން އެ ސަރަހައްދަށް ގޮސްފައެވެ.

އެދޯނި މިހާރު އޮޔާދާތީ ކޯސްޓުގާޑު ލޯންޗެއް ގެންދަނީ އޭގެ ކައިރީގައި ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.