ކުޑަފަރީ ފަރަށް ޓަގުބޯޓަކާއި ބާޖެއް އަރައިފި

ނ. އަތޮޅު ކުޑަފަރީ ފަރަށް ޓަގު ބޯޓަކާއި ބާޖެއް އަރައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ މި ދެ އުޅަނދު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ފަހު 2:53 ގައި ކަމަށެވެ. ފަރަށް އަރައިފައިވާ ޓަގުގެ ނަމަކީ ރާދަފަތި ކަމަށާއި، ބާޖުގެ ނަމަކީ ސިންގާ ސަނާ ކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޓަގާއި ބާޖުގައި ތިބީ ޖުމްލަ 9 މީހުން ކަމަށާއި އެއީ 8 ދިވެހިންނާއިމ ބިދޭސީއެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އުޅަނދުގެ ވެރިފަރާތުން މިހާރު ގެންދަނީ އެ ފުންކުރުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.